ވިޔަފާރި

ކޮލަމްބޯ އެކްސްޗޭޖުން ރާއްޖޭގައި ފޯރަމެއް ބާއްވަނީ


"މޯލްޑިވްސް އިންވެސްޓަރ ފޯރަމް"ގެ ނަމުގައި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ރާއްޖޭގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީ.އެމް.ޑީ.އޭއިން ހާމަކުރައްވާގޮތުގައި މި ފޯރަމަކީ ރާއްޖޭގެ ޙިއްޞާގެ ބާޒާރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ މާރކެޓުތަކުގައި ޙަރަކާތްތެރިވާ ކުންފުނިތަކުގައި ދިވެހިންނަށާއި ދިވެހި ކުންފުނިތަކަށް އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަނެ ހޯއްދަވައިދެއްވުމުގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖާ ދެމެދު ސޮއިކުރެވިފައިވާ އެމް.އޯ.ޔޫގެ ދަށުން ބާއްވަވާ ފޯރަމެއް ކަމަށެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ސްރީލަންކާގެ ސެކިއުރިޓީޒް މާރކެޓުގައި ހުރި ފުރުޞަތުތަކާއި އިންވެސްޓްކުރެވޭނެ ގޮތްތަކާގުޅޭ މުހިއްމު މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކުރެވިގެން ދާނެކަމަށާއި މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ޢާއްމުކޮށް ހުޅުވާލެވިފައި ކަމަށް ސީ.އެމް.ޑީ.އޭއިން ވިދާޅުވެއެވެ.