ވިޔަފާރި

ހެންވޭރުގައި އެސް.ޓީ.އޯގެ ބޭސްފިހާރައެއް ހުޅުވަނީ


ހެންވޭރުގައި ޤާއިމްކުރާ އެސް.ޓީ.އޯގެ ބޭސްފިހާރަ މި މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ބުނީ އިތުރު ބޭސްފިހާރައެއް ޢިމާރާތްކުރުމަށް ނިންމީ މާލޭގައި އެންމެ ބޭސްފިހާރައެއް ހުންނާތީ ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. މި ބޭސް ފިހާރަ ހުންނާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެހިގެން ހުންނަ އިމާރާތުގައި ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

މީގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުންނަ އެސް.ޓީ.އޯ. ބޭސް ފިހާރައަކީ އެންމެ ގިނަ އަދަދަކަށް ކަސްޓަމަރުން ޚިދުމަތް ލިބިގަންނަ އެސްޓީއޯގެ ބޭސް ފިހާރައަށް ކަމަށްވުމުން، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ތަނުގެ ވެއިޓިންގ އޭރިއާ ރަނގަޅުކޮށް، މި އަހަރުގެ ތެރޭގައި އެތަން ދެބުރިއަށް އިމާރާތްކުރުމަށް ހަމަޖައްސާފައިވާކަމަށް އެސްޓީއޯއިން ކުރިން ހާމަކުރެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެސް.ޓީ.އޯ.އިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބޭސްފިހާރަތައް ޤާއިމްކޮށްފައެވެ.