ކުޅިވަރު

ބާރަށު ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފި


  • --

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ހއ.ބާރަށް ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ބާރަށު ޔޫތު ސެންޓަރު ތަރިއްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ތްރީ ޓްރީ މޯލްޑިވިސްއާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަޒްމީލެވެ. އަދި ތްރީ ޓްރީގެ ފަރާތުން އެއްބަސަވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިފަރާތް އަބްދުﷲ ކަލީމެވެ.

ބާރަށު ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މަސައްކަތް ފަށާތާ 110 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ހަތަރު މިލިއަން ހަލައްކަ ދެހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ ހަތްލާރި ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝުރޫއެކެވެ.