ރާޅު ގުޑި ކައިޓް ޓްރެއިނިން ކޭމްޕެއް މިދިޔަ އަންގާރަ ދުވަހު ސްރީ ލަންކާގައި ފަށައިފިއެވެ.
މި ކޭމްޕަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު ކައިޓް މުބާރާތްތަކުގައި ފާހަގަކޮށްލެވޭ އެތުލީޓުންގެ ތެރެއިން 10 އެތުލީޓަކު ބައިވެރިވެގެން ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕެކެވެ. މި ކޭމްޕުގައި އަންހެން ތިން އެތުލީޓެއްވެސް ވަނީ ބައިވެރިވެފައެވެ.
މި ޓްރެއިނިން ކޭމްޕުގެ މަޤުސަދަކީ އެ އެތުލީޓުންގެ ހުނަރު އިތުރަށް ކުރިއަށް ޖެއްސުމާއި, ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވަކިވަކި އެތުލީޓުންނަސް ދިމާވާ މައްސަލަތައް ހައްލުކުރުން ކަމަށް ރާޅު ގުޑިން މައުލޫމާތުދެއެވެ. އަދި މި ތަމްރީން ޕްރިގްރާމް އަންނަ އޯގަސްޓް މަހުގެ ހަތަރުވަނަ ނިޔަލަށް ލަންކާގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ލަންކާގައި ރާޅުގުޑިން ކައިޓް ބޯޑިން ފްރީސްޓައިލް މުބާރާތެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެ މުބާރަތުގައި ލަންކާގެ ސާފަރުންގެ އިތުރުން ލަންކާގައި ތިބި ބައެއް އެހެން ޤައުމުތަކުގެ ސާފަރުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.