ސިނަމާލެ ބްރިޖް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ލައިޓްތަކަށް ގެނައި ބަދަލާއެކު ރައްޔިތުންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެންދާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އަލަށް ބަދަލުކޮށް ބޭނުން ކުރަ ފެށި ލައިޓްތަކުގެ ސަބަބުން ކިއު ދިގުވުމަށް ވެސް ވަރަށް ބޮޑު ލުޔެއް މިހާރު ލިބިފައިވާކަމަށެވެ.
ސިނަމާލެ ބްރިޖް ހިމެނޭ ސަރަހައްދުގައި އެންމެ ފުރަތަމަ ބޭނުން ކުރީ އާދައިގެ ޓްރެފިކް ލައިޓްތަކެކެވެ. އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ފުލުހުންނަށްވެސް ދިޔައީ ކުރިމަތިވަމުންނެވެ. ވަކިން ޚާއްސަކޮށް ބްރިޖް ބާރު ބޮޑުވާ ވަގުތުތަކުގައި ފުލުހުން މަގަށް ނުކުމެ "މެނުއަލް" ކޮށް ޓްރެފިކް ލުއިދިނުމަށް މަސައްކަތްކުރުމަކީ އާންމުކޮށް ބާރު ބޮޑުވާ ވަގުތުތަކުގައި ކުރަމުން އައިކަމެކެވެ. އަދި ޓްރެފިކް ލައިޓް ދިއްލުމުން ހުރިހާ އުޅަނދެއް މަޑުކުރަން ޖެހުމަކީ އެ ސަރަހައްދު ބާރުބޮޑުވާކަމެކެވެ.
އެހެންނަމަވެސް "އެރޯ ޓްރެފިކް ލައިޓް" އަށް ބަދަލު ގެނައުމާ ގުޅިގެން ވަރަށް ބޮޑަށް ޓްރެފިކް ބެލެހެއްޓުމަށާ ދަތުރު ކުރާފަރާތްތަކަށް ލިބިގެން ދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާރު ކޮންމެ ލައިޓެއްވެސް ޖެހޭނެ މިނެޓް ފެންނާނެހެން ތީރަކުން ދަތުރު ކުރަންޖެހޭގޮތް އަންގަންގަދެއެވެ.
ފުލުހުންގެ ރޯޑް އިންޖިނިއަރިން ޔުނިޓް ބަލަހައްޓަވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިލިޔާސް ޢަބްދުﷲ ވިދާޅުވީ، އާންމުން ހޭލުންތެރިކަން މިލައިޓްތަކަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާކަމަށާ، ނަމަވެސް މިކަމަށް އެއްކޮށް ފަރިތަވާ އަދި ދުވަސްކޮޅެއް ނަގާނެކަމަށެވެ. އެންމެ މުހިންމުކަމެއް ދޭންވީ ދަތުރު ކުރަމުންދާއިރު ލައިޓަށް މަޑު ކުރުމުގެ ކުރިން ދަތުރު ކުރަން ބޭނުންވާ ލޭނެއް ހިޔާރު ކުރުންކަމަށް އިލިޔާސް ވިދާޅުވިއެވެ.
"ކުރިން ހުރި ލައިޓްތައް ބަދަލު ކުރީ ވަރަށް ގިނަކަންކަމަށް ބެލުމަށްފަހުގައި އެކަން މިހާރުވެސް އެބަފެނޭ، ކުރިންވެއްޖެޔާ ވަރަށް ގިނައިރު ކިޔޫގައި މަޑު ކުރަންޖެހޭ އެހެންނަމަވެސް މިހާރު އެންމެ ޕީކް ވަގުތުތަކުގައިވެސް އެންމެ ގިނަވެގެން ކިޔޫގައި މަޑުކުރަންޖެހޭނީ 80 ސިކުންތު.. މިވަގުތު ހަމަވުމުން ދަތުރު ކުރުމަށްވެސް ހަމަ 80.. ސިކުންތު ލިބޭނެ" އިލިޔާސް ޢަބްދުﷲ ވިދާޅުވިއެވެ.
ސައްވީސް ގަޑިއިރު ފުލުހުން އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވާއިރު، މިގެވުނު ބަދަލުގެ ސަބަބުން އާންމުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. ބްރިޖް ހިމެނޭ ސަރަހައްދުގައި ބޮޑުތަކުރުފާނު މަގާ ބްރިޖް ގުޅޭ ދެ ކަންމަތީގައި ހުރި ލައިޓްތަކާ އެއަރޕޯޓް ކައިރީގައި ހުރި ލައިޓްތައްވެސް މިހާރު ވަނީ އެރޯ ލައިޓްއަށް ބަދަލުކޮށްފައެވެ.
ބްރިޖް ސަރަޙައްދުގައި ދަތުރު ކުރުމަށް ކުރިން ކަނޑައަޅާފައި އޮންނަގޮތަށް ދެ ލޭނުން އެމީހަކު ދާންބޭނުންވާ ލޭނެއް ހިޔާރު ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
"އެއީ އެންމެ މުހިންމު ކަންތައް ބޭނުންވާ ލޭނެއްނޫން އެހެން ލޭނެއްގައި ހުރެ ދަތުރުކޮށްފިނަމަ ނުރައްކަލާ ކުރިމަތިލާންޖެހިދާނެ، އެނޫން އެއްވެސް ޙާލަތެއް ޓްރެފިކްގެ މައްސަލަ ކުރިމަތިވެގެން ހާދިސާއެއް ހިނގުން ވަރަށް ދުރު، ޓްރެފިކް ޤަވާއިދުތަކާ ދުއްވަން ކަނޑައަޅާފައި އޮން ސްޕީޑްގައި ދުއްވުމަށް އިލްތިމާސްކުރަން" އިލިޔާސް ޢަބްދުﷲ ވިދާޅުވިއެވެ.
ދަރުބާރުގެ އާ ވީފަޅިން ބޮޑުތަކުރުފާނު މަގުން ބްރިޖް އަށް އަރަން ބޭނުން ކުރާނީ މެދު ލޭނެވެ. މަގުގެ ކައިރި ލޭން ބޭނުން ކުރާނީ ލޮނުޒިޔާރަތް މަގާވީފަޅިއަށް އަޅާށެވެ. ޓްރެފިކް ލައިޓް ފެހިވެ 80 ސިކުންތުގެ ވަގުތެއް ދަތުރު ކުރުމަށް ލިބޭނެއެވެ. މީގެ ކުރިން ހުރި ޓްރެފިކް ލައިޓްތައް ބޭނުން ކުރިއިރުވެސް ލޭންތައް ބޭނުން ކުރީ މިގޮތަށެވެ.