ދުނިޔެ

ސޫރިޔާގައި ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުން


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް ވޭތުވެދިޔަ ހަތަރު ހަފްތާގެ ތެރޭގައި އެހީގެ ސާމާނު ފޯރުކޮށްދެވިފައިވާ ކަމަށާއި، އިތުރު އެހީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް އ.ދ އިން ބުނެފިއެވެ.

ސޫރިޔާގައި ހަނގުރާމަކުރަމުންދާ ފަރާތްތަކުން ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމާއި ގުޅިގެން އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް އ.ދ އާއި އެހީ ދޭ ޖަމާޢަތްތަކުން ދަނީ ކުރަމުންނެވެ.

ވޭތުވެދިޔަ ހަތަރު ހަފްތާގެ ތެރޭގައި ފަސްސަތޭކަ ތިރީސް ހަ ޓްރަކުގެއެހީގެ ސާމާނު 18 ސަރަޙައްދަކަށް ފޯރުކޮށްދީފައިވާ ކަމަށް އ.ދ އިން ވަނީ ބުނެފައެވެ. އަދި އޭޕްރިލް މަސް ނިމުމުގެ ކުރިން އަށްސަތޭކަ ހަތްދިހަ ހާސް މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ކަމަށްވެސް އ.ދ އިން ވަނީ އަންދާޒާ ކޮށްފައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ ގިނަ ބަޔަކު ޙާލުގައިޖެހިފައިވާ އިރު، ގިނަ ބަޔަކު ދަނީ ސޫރިޔާ ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަމުންނެވެ.