 
					
									
			އިނގިރޭސި ޕްރިމިއަރ ލީގުގައި ރެފުރީކަން ކުރަމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ރެފުރީ ކަމަށްވާ މައިކް ޑީން ޕްރޮފެޝަނަލް ކެރިއަރު ނިންމާލައިފިއެވެ. 
އުމުރުން 55 އަހަރުގެ މަޝްހޫރު ރެފުރީ, ރެފްރީކަން ކުރުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ދަ ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) ންނެވެ. ޑީން އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ގައެވެ. އެއީ ޕިޗް ރެފްރީކަމުގެ ބަދަލުގައެވެ. 
ކުރިން ބެލެވިފައި އޮތީ އަންނަ އަހަރުވެސް އޭނާ ވީއޭއާރް ރެފްރީކަން ކުރާނެ ކަމަށެވެ. ނަމަވެސް މި ކުއްލި ނިންމުން ނިންމީ ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށް ޕީޖީއެމްއޯއެލްއިން ބުނެއެވެ. 
ޑީން އަށް ހާއްސަކޮށް ޕީޖީއެމްއޯއެލްއިން ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައި ވަނީ ރިއަށް އޮތް ތަނުގައި ޑީންގެ ދިރިއުޅުމަށް އުފާފާގަތިކަން އެދޭ ކަމަށާއި ޑީންގެ މަސައްކަތަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި އޭނާގެ ރެކޯޑުތަކަށް ހާއްސަ ޝަރަފެއް އަރުވާނެ ކަމަށެވެ.
ރެފްރީ ކެރިއަރު މައިކް ޑީން ފަށާފައިވަނީ 1985 ގައެވެ. އަދި ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށް ޕްރިމިއަރ ލީގުގެ ރެފްރީކަން އޭނާ ކުރަން ފަށާފައިވަނީ  2000 ވަނަ އަހަރުގައެވެ. ކެރިއަރު ނިންމާލިއިރު އޭނާ ވަނީ ޖުމްލަ 550 މެޗުގައި ރެފްރީކަން ކޮށްފައެވެ. 
އޭނާގެ ކެރިއަރުގައި އިނގިރޭސި އެންމެ ބޮޑެތި މެޗުތަކުގައި ވަނީ ރެފްރީކަން ކޮށްފައެވެ. އަދި ގިނަ ޓީމުތަކާ ކުޅުންތެރިންގެ އެންމެ އިތުބާރުކުރާ ރެފްރީންތަކުގެ ތެރޭގައި އޭނާ ހިމެނިގެންދިޔަ އެވެ. މީގެތެރޭގައި 2008 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލާއި 2011 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލް ހިމެނެއެވެ.