ޚަބަރު

ދޯޯންޏެއް އަޑިއަށްގޮސް ކަނޑުވި 8 މީހަކު ސަލާމަތްކޮށްފި


  • މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް

  • ދޯނި އަޑިއަށް ދިޔައީ އަލިހުރަސް ކަނޑަށް

  • ދޯނީގައި ތިބި 8 މީހުންވަނީ ސަލާމަތްކޮށްފައި

މާލެއިން ފުރައިގެން އދ.އަތޮޅަށް ދަތުކުރި ދޯންޏެއް އަޑިއަށްގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރުކުރަމުންދިޔަ ރިކާޑޯ ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަލިހުރަސްކަނޑައަށް އަޑިއަށްދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މިމަޢުލޫމާތު ލިބުމާއި ގުޅިގެން އދ.ޕޮލިސް ލޯންޗް އެސަރަޙައްދަށްގޮސް ދޯނީގައި ތިބި 8 މީހުން ފުލުހުންގެ ލޯންޗަށް ނަގާ އެމީހުން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާރު އެމީހުން މަހިބަދޫއަށް ގެންދިޔުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިޙާދިސާގައި ރިކާޑޯ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބުނީ 1850 ހާއިރުކަމަށެވެ. އަދި މިރޭ 2050 ހާއިރު އެ ދޯނީގައިތިބި މީހުން މަހިބަދއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މޫސުންގޯސްވެ ކަނޑުމަތީގައި ހިނގަ ޙާދިސާތައް އިތުރުވަމުންދާތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ކަނޑުމައްޗަށް އަރާއިރު އުޅަނދުގެ ސަލާމަތީ ވަޞީލަތްތައް ހުރީ ރަނގަޅަށްކަން ޔަގީންކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.