ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ގިންތިކޮށް އެންމެ މަދުން ދެވޭ އަދަދުގެ ގޮތުގައި 3000 ރުފިޔާ ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު މިހާތަނަށް މިއެލަވަންސްގެ ގޮތުގައި ދައުލަތުން ދެއްވަމުން އައިސްފައިވަނީ 2000 ރުފިޔާއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދޭން ފެށިއިރު ރާއްޖޭގައި ތިބީ އެލަވަންސް ލިބޭ 3560 މީހުންނެވެ. މިހާރު މިއަދަދުވަނީ 10701އަށް އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް 11371 ފަރާތަކަށް 111 މިލިއަން ރުފިޔާވަނީ މިއެލވަންސްގެ ގޮތުގައިވަނީ ދެއްވާފައެވެ.