ވިޔަފާރި

ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ އަށް ހުށަހަޅައިގެން 50،000 ރުފިޔާ


ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކުގެ އިސްލާމިކް ފައިނޭންސް ބޭނުންކުރާ ކަސްޓަމަރުންނަށް އައު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގގެ ކޮންމެ ޕްރޮޑަކްޓަކަށްވެސް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ގުރުއަތުން ހޮވޭ 1 ވަނަ ފަރާތަކަށް 50،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 10 ޖޫން އިން 22 ޖުލައި 2023 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންއާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު 09:00 އަކުން މެންދުރު 2:00 ޖަހަންދެން ކަސްޓަމަރުންނަށް އޯޕަންޑޭއެއް އޮންނާނެކަމަށް އެ ބޭންކުން ބުނެއެވެ. މި އޯޕަންޑޭ އޮންނާނީ ބީއެމްއެލް އިސްލާމިކް ބްރާންޗްގައެވެ.