ކުޅިވަރު

ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ގަދަ 16 ބުރުން ރާއްޖޭގެ ކުޅުންތެރިންނަށް މުބާރަތް ނިމިއްޖެ


މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2023 ގެ ގަދަ 16 ބުރުން ރާއްޖޭގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޕެއާތަކަށް މުބާރާތް ނިމިއްޖެއެވެ.

ރާއްޖޭގެ އެއްވަނަ އަންހެން ޑަބަލްސް ޕެއާ، ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަދި ރާއްޖޭގެ އެއްވަނަ މިކްސް ޑަބަލްސް ޕެއާ، ނަބާހާ އާއި ޒަޔާން ޒަކީ ވަނީ އިއްޔެ ގަދަ 16 ބުރުގެ މެޗުތައް ކުޅެފައެވެ. ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުޅުނު ގަދަ 16 ބުރުގެ މެޗުގައި ޒަޔާން އާއި ނަބާހާގެ ޕެއާ ވާދަކުރީ އިންޑިއާގެ އިންޑިއާގެ ދީޕް ރަމްބިއާ އާއި އަނާގާ އަރަވިންދާ ޕެއާއާއެވެ. އެ މެޗުން ދީޕް އާއި އަނާގާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-15 އަދި 21-19 އިންނެވެ.

އަންހެން ޑަބަލްސްގެ ގަދަ 16 ބުރުގެ މެޗުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ އަނާގާ އާއި ރިދީ ކޯރްގެ ޕެއާ އަތުން 21-18 އަދި 21-08 އިންނެވެ. އަދި އަންހެން ޑަބަލްސްގައި ރާއްޖޭގެ ޝުބާ މުޙައްމަދު ޝަރީފާއި އައިޝަތު ޒޯޔާ ހުސެއިންގެ ޕެއާ ވަނީ 21-09 އަދި 21-10 އިން އިންޑިއާގެ ނިކީ ރަޕްރިއާ އާއި ނިޝޫ ރަޕްރިއާގެ ޕެއާ އަތުން ބަލިވެފައެވެ.

އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ނަބީހާ ވަނީ ހަތްވަނައަށް ސީޑުކޮށްފައިވާ މިޔަންމާގެ ތޭ ހޫތާ ހިޒާރްއާ ވާދަކޮށް 21-05 އަދި 21-08 އިން ބަލިވެފައެވެ. މި ބުރުގައި އިންޑޮނީޝިއާގެ ޔޫލިއާ ޔޯސެފީން ސުސާންޓޯ އަތުން ރާއްޖޭގެ ޝުބާ މުޙައްމަދު ޝަރީފް ބަލިވީ 21-05 އަދި 21-08 އިންނެވެ.

މި ފަަހަރުގެ އިންޓަރނޭޝަނަލް ޗެލެންޖުގައި ރާއްޖޭން އެންމެ ދުރަށް ދަތުރުކުރީވެސް އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓުންނެވެ.