އަތޮޅުތައް

ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް ށ.އަތޮޅުން ދޭން ފަށައިފި


ޓްރާންސްޕޯޓް އޮތޯރިޓީގެ ކައުންޓަރުތަކުން ދެއްވާ ހުރިހާ ޚިދުމަތް ރަސްމީކޮށް ށ. އަތޮޅުކައުންސިލުން ފޯރުކޮށްދެއްވަން ފައްޓަވައިފިއެވެ.

އެގޮތުން އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރެއްވުމާއި އޮޑިދޯނިފަހަރާއި އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީކުމުގެ އެންމެހާ ޚިދުމަތްތައް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށް ށ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. މިއަދު ށ. އަތޮޅު ކައުންސިލުން މި ޚިދުމަތްތައް ފޯރުކޮށްދެއްވަން ފަށްޓަވާފައިވާއިރު ދިމާވެދާނެ ދަތިތައް މަދުކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް ޚިދުމަތް ދެއްވުމަށް ހަމަޖައްސަވާފައިވާކަމަށް ށ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

އެގޮތުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި އަމަލުކުރައްވާނެ އުޞޫލުތަކެއް އެކުލަވާލައްވައި، އެ އުޞޫލުތައް އަތޮޅުގެ ރަށްތަކާއި މިހާރު ޙިއްސާ ކުރައްވާފައިވާކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވައެވެ. މިކަމަށް ބޭނުންވާ ފަންނީ މަޢުލޫމާތުތައް އަތޮޅު ކައުންސިލުގެ މުވައްޒަފުންނަށް އުގަންނާދެއްވާފައިވާކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.