ވިޔަފާރި

ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓެއް ހުޅުވައިގެން 5000 ރުފިޔާ


ބޭންކް އޮފް މޯލްޑިވްސްއިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 5000 ރުފިޔާ ޖަމާކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 2500 ރުފިޔާ ޖަމާކުރެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި މިކަމަށް ޚާއްޞަކޮށްފައިވާ ކައުންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޤުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވަރ އެކައުންޓަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޖޫންއިން 10 ޖުލައިގެ ނިޔަލަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.