ދުނިޔޭގެ ވިޔަފާރި

މަސައްކަތުގައި އުޅޭއިރު އޭ.އައި ބޭނުންކުރުން އެޕަލްގެ މުވައްޒަފުންނަށް މަނާކޮށްފި


މަސައްކަތު މާހައުލުގައި އާޓިފިޝަލް އިންޓެލިޖެންސް، އޭ.އައި ޓެކްނޮލޮޖީ ބޭނުންކުރުން އެޕަލް ކުންފުނީގެ މުވައްޒަފުންނަށް މަނާކޮށްފިއެވެ.

އެޕަލްގެ މުވައްޒަފުން އާޓިފިޝަލް އިންޓެލިޖެންސް، އޭ.އައިގެ އާލާތްތައް ބޭނުންކުރުން މަނާކޮށްފައިވަނީ މަޢުލޫމާތު ލީކުވުމުގެ ބިރު އޮތުމުންކަމަށް ޚަބަރުތައް ބުނެއެވެ.

އެޕަލްގެ މުވައްޒަފުންނަށް މަނާކޮށްފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި އޯޕަން އޭ.އައި ކުންފުނީގެ ޗެޓްޖީޕީޓީއާއި، މައިކްރޮސޮފްޓްގެ ގިތްހަބް ކެޕިޓަލްވެސް ހިމެނެއެވެ.

ޚަބަރުތައް ބުނާގޮތުން އެޕަލްއިން މި ފިޔަވަޅު އަޅާފައިވަނީ މީގެކުރިންވެސް މި އެޕްލިކޭޝަންތަކުގެ ތެރެއިން މަޢުލޫމާތު ލީކުވުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާތީއެވެ.

ބޮޑެތި އެހެން ކުންފުނިތައްކަމަށްވާ ވެރިޒޯން، ޖޭޕީ މޯގަން އަދި އެމެޒޯނުންވެސް މަޢުލޫމާތު ލީކުވުމުގެ ބިރު އޮތްކަމަށް ބުނެ މީގެ ދުވަސްކޮޅެއްކުރިން އޭ.އައި ބޭނުންކުރުން މުވައްޒަފުންނަށް މަނާކޮށްފައެވެ.

އޭ.އައި ޓެންކޮނޮޖީ ފުޅާވަމުން އަންނައިރު އެކަމަށް ޤާނޫނުތައް ހަދައިގެން ރެގިއުލޭޓް ކުރަންޖެހޭކަމަށް ޗެޓްޖީޕީޓީގެ ވެރިޔާވެސް ވަނީ ބުނެފައެވެ.