މުނިފޫހިފިލުވުން

"އެވަޓާ 2" އެމެޒޯން ޑިޒްނީ ޕްލަސް އަށް


މިދިޔަ އަހަރު ސިނަމާތަކަށް ގެނައި ހޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓަސްޓާ އިން ސްޓްރީމްކުރެވޭ ގޮތަށް ހަމަޖައްސަން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި ޖުމްލަ 2.32 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު އުފައްދާފައި ވަނީ 460 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުންނެވެ.

"އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަކީ "ޓައިޓޭނިކް" ވެސް ގެނެސްދިން ޑައިރެކްޓަރު ޖޭމްސް ކެމަރޮން 2009 ވަނަ އަހަރު ގެނެސްދިން "އެވަޓާ" ގެ ސީކްއެލް އެވެ. އެ ފިލްމަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެވެ. ޖުމްލަ 237 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 2.923 ބިލިއަން އެމެރިކާ ޑޮލަރެވެ.

"އެވަޓާ" އިތުރު ތިން ފިލްމެއް އަދި ކުރިއަށް އެބައޮތެވެ. އެ ފިލްމުތައް ގެނެސްދޭން ތާވަލުކޮށްފައިވަނީ 2024، 2026 އަދި 2028 ގަ އެވެ.