މުނިފޫހިފިލުވުން

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ


މިދިޔަ މާރިޗު މަހުގެ 17 ވަނަ ދުވަހު ސިނަމާތަކަށް ގެނައި ރާނީ މުކަރްޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.

ސިނަމާތަކުގައި ކާމިޔާބު މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭނެ ކަމަށް ނެޓްފްލިކްސް އިން ރަސްމީކޮށް ވަނީ ހާމަކޮށްފައެވެ.

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، އާޝިމާ ޗިބާރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ދައްކުވައި ދޭނީ ނޯވޭގެ ވެލްފެއާ އަށް ނަގާ ދަރިންތަކަކަށް އިންސާފު ހޯދަން މަޔަކު ވާ ގުރުބާނީ އާއި އޭނާގެ ހިތްވަރެވެ. މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޑައިރެކްޓަރަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) 2013 ގެ "މޭރޭ ޑޭޑް ކީ މަރޫޓީ" ގެ ޑައިރެކްޓަރެވެ.

ކާމިޔާބު ރީތި އެތައް ފިލްމުތަކެއް ކުޅެފައިވާ ރާނީގެ އެންމެ ފަހުގެ ފިލްމުތަކުގެ ތެރޭގައި "ބަންޓީ އޯރް ބަބްލީ 2" ، "މަރުދާނީ 2" ، "ހިޗްކީ" އަދި "ބޮމްބޭ ޓޯކީސް" ހިމެނެއެވެ.