ޚަބަރު

މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ބުރާސްފަތި ދުވަހު ފަށްޓަވަނީ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމަވައި، މެންބަރުން ޗުއްޓީއަށް ވަޑައިގަތީ ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ މަޖިލީހުގެ ޤަވާއިދަށް 2021 ވަނަ އަހަރު ގެންނެވި ބަދަލާއިއެކު މެންބަރުންނަށް ލިބިވަޑައިގަންނަވާ އެންމެ ކުރު ޗުއްޓީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށްޓަވާއިރު، މިދައުރަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން މަޖިލީހުގައި ކުރިއަށްދާ ފަހުދައުރުވެސް މެއެވެ.

މަޖިލީހުގެ ޗުއްޓީއަށްފަހު ދެވަނަ ދައުރުގެ މަސައްކަތް ފަށްޓަވާއިރު، މަޖިލީހުގެ ކޮމެޓީތަކުގައި މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އަދި މަޖިލީހަށް ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްވެސް މަޖިލީހުގެ އިދިކޮޅު މެންބަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ބަންޑާރަ ނައިބް އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފައެވެ. މިމައްސަލަ މަޖިލީހުން ކުރިއަށް ގެންދެވޭނަކަމަށް މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި މަޖިލީހުގައި ހިމެނޭ މެޖޯރިޓީ ޕާޓީ އެމްޑީޕީން ވިދާޅުވެފައިވަނީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިގެން އުޅެނީ ސިޔާސީ މަންފާތަކެއް ހާސިލްކުރެއްވުމަށް ކަމަށެވެ. ބަންޑާރަ ނައިބަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އޮތްކަމަށާއި، އެވޯޓު ފާސްވިޔަ ނުދެއްވާނެކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެ.

ސިޔާސީ ޚިޔާލްތަފާތުވުންތަކުގެ ތެރެއިން މިއަހަރުގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ފަށްޓަވާއިރު،، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް އަމަލުކުރަމުންދާ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް ވަނީ އެ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމަވާފައެވެ.

މަޖިލީހުގެ މިދައުރަކީ 19 ވަނަ މަޖިލީހުގައި އެންމެ ބޮޑަށް ސިޔާސީ ހަލަބޮލިގެން ފެނިގެންދާނެ ދައުރަށް ވާނެކަމަށް ބެލެވެއެވެ. މަޖިލީހުގައި މިއަދައުރުގައި ގިނަ މަސައްކަތްތަކެއް ހުރީ ކޮމެޓީތަކުގައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ޕްލާސްޓިކް ކޮތަޅުން ފީނެގުމުގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެއެވެ. މީގެ އިތުރުން ކުޅިވަރު ބިލާއި، އެހެން ބޮޑެތި ޤާނޫނުތަކަށް ހުށަހަޅާފައިވާ މުހިންމު އިސްލާޙުތައްވެސް ކޮމެޓީތަކުގައި އެބަހުއްޓެވެ.