ކުޅިވަރު

އޭދަފުށީ ފުޓްސަލް ކަޕް: ވެލާ ސްޕޯޓްސް ކަޓައި ދެވަނަ ބުރުގެ ޖާގަ އެފްރޯއަށް


ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕް 2023 އިން ވެލާ ސްޕޯޓްސް ކަޓައި އެފްރޯ ސްޕޯޓްސް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގްރޫޕް އޮފް ޑެތް ގެ ގޮތުގައި އޮތް މި ގްރޫޕުން އެއްވަނައަށް ދިޔައީ17 އަހަރާ 22 އަހަރާ ދެމެދުގެ ކުޅުންތެރިންހިމެނޭ ޒުވާންޓީމް އޯލް ވޯލްސްއެވެ. ދެވަނަ އަށް އެފްރޯ ދިޔައީ އެގްރޫޕުން ކެޓި ވެލާ ސްޕޯޓްސް އާ ޕޮއިންޓާ ޖެހިގޯލް ހަމަހަމަވެ އެދެޓީމް މުބާރާތުގައި ކުޅުނު މެޗްގެ ނަތީޖާއަށް ބަލައިގެންނެވެ. މުބާރާތުގައި މި ދެޓީމް ކުޅުނު މެޗުން މޮޅުވީ 1-0 އެފްރޯ ސްޕޯޓްސްއެވެ.

ރޭ މިމުބާރާތުގައި ވެލާއާ އޯލްވޯލްސް ބައްދަލުކުރި މެޗުން ވެލާ މޮޅުވީ 2-1 ންނެވެ. މިނަތީޖާއާއެކު މުބާރާތުގެ ޤަވައިދު ބުނާގޮތުން ކުއާޓަރގެ ފަހު ޖާގަ އެފްރޯއަށް ލިބެއެވެ. މިމެޗްގައި ލަނޑު ޖަހާނެ ގިނަފުރުސަތުތަކެއް ވެލާއިން ވަނީ ތަނަވަސްކޮށްފައެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހުސެއިން ޝަރީފް އޮންލީގެ ހުނަރުން ލަނޑެއްޖަހާ ވެލާއިން ކުއާޓަރގެ ޖާގައެއް ކަށަވަރުކުރުމަށް މަގުފަހިކުރިއެވެ. އަދި މެޗްގެ ދެވަނަ ހާފްގައި އެލީޑް 2-0 އަށް ފުޅާކުރީ އެޓީމްގެ ރައްޒާން ޖައުފަރު ޖެހި ލަނޑާއެކުގައެވެ.

މި ނަތީޖާގައި އޮވެއްޖެނަމަ އޯލްވޯލްސް މުބާރާތުން ކަޓައެވެ. އެހެންކަމުން އެޓީމުން އެޓޭކް ވަރުގަދަކުރިއެވެ. އޯލްވޯލްސްއިން ކުއަރޓަގެ ޖާގަ ކަށަވަރުވީ އެޓީމްގެ ޖައުޝަން އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބޯޅަ ވެލާ ސްޕޯޓްސްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހި ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު އެޓީމްއަށް ޖަހައިދިނީ މުހައްމަދު ތޯޙިރު (ތޯއްޓޭ)އެވެ.

މި މުބާރާތުގެ ކުއަރޓަ ފައިނަލްގައި އެފްރޯ ސްޕޯޓްސް ބައްދަލު ކުރަންޖެހޭނީ މުބާރާތުގެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސީސީ ސްޕޯޓްސް އާއެވެ. މިމެޗް ކުޅޭނީ މިރޭ 11:00 ގައެވެ.

މި މުބާރާތުގައި ރޭގައި ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ނަލަ ބްރަދާސް އާ މުރިނގު އެފްސީ ބައްދަލުކުރި މެޗް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މި މެޗަށް ނުކުތް އިރުވެސް މި ދެޓީމްއަށް އޮތީ ކުއަޓަރ ފައިލުގެ ޖާގަ ކަށަވަރުވެފައެވެ. މި މެޗްގައި ނަލަ ބްރަދާސް ޓީމްގެ ލަނޑުޖެހީ މުހައްމަދު އަޖުފާން އެވެ. ދެވަނަ ހާފްގައި މުރިނގުން ނަތީޖާ ހަމަކުރި ލަނޑު ޖެހީ އިސްމާއިލް ޝަރީފްއެވެ.

ރޭ ކުޅުނު ތިންވަނަ މެޗުން މޮޅުވެ ކުއަޓަރ ފައިނަލުގެ ޖާގަ ކަށަވަރުކުރީ އެއިޓީފޯ އެފްސީއެވެ. އެފްސީ ސްވައިޕް އާ ބައްދަލުކޮށް އެޓީމް މޮޅުވީ 4-2 ންނެވެ. މިނަތީޖާއާއެކު އެފްސީ ސްވައިޕް ކެޓީ ކުޅުނު ދެމެޗުން ބަލިވެގެންނެވެ. މި ގްރޫޕްއިން އެއްވަނަ ޓީމެއްގެ ގޮތުގައި ދިޔައީ ސީސީ ދަ ރެޑްސް އެވެ.

ފަހުމެޗްގައި ސީސީ ސްޕޯޓްއާ އެފްސީ ސަޑަންލީ ބައްދަލުކުރި މެޗް ނިމުނީ 8-2 ންނެވެ. އައިހަމް އާ އިޔާދުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗްގައި މި ދެ ކުޅުންތެރިންވަނީ ތިންލަނޑު ޖަހާފައެވެ. އިތުރު ލަނޑުތައް ޖެހީ މުއާޒު އަލީ އާ އިމްތިސާލް އިބްރާޙިމް އާ ހޫދު އަބްދުﷲ މާލިކްއެވެ.

ސެމީ ފައިނަލްގެ މެޗްތައް މިރޭ ކުޅޭއިރު، ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އެއިޓީ ފޯ އާ ނަލަ ބްރަދާސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ސަޑަންލީ އާ އޯލް ވޯލްސްއެވެ. ތިންވަނަ މެޗްގައި ބައްދަލު ކުރާނީ މުރިނގު އެފްސީ އާ ސީސީ ދަ ރެޑްސްއެވެ. ހަތަރު ވަނަ މެޗްގައި ބައްދަލުކުރާނީ ސީސީ ސްޕޯޓްސް އާ އެފްރޯ ސްޕޯޓްއެވެ.