ޚަބަރު

21 އަހަރުގެ ޚިދުމަތަށްފަހު ޤާޟީ ޙަސަން ސަޢީދު ރިޓަޔަރކުރައްވައިފި


ޝަރުޢީ ދާއިރާގައި 21 އަހަރު ޚިދުމަތްކުރެއްވުމަށްފަހު ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފިއެވެ.

ޝަރުޢީ ދާއިރާގައި އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ޤާޟީ ޙަސަން ސަޢީދު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވީ ޢުމުރުން 55 އަހަރު ފުރުމުން ރިޓަޔަރކުރެއްވުމަށް އަމިއްލަފުޅަށް އެދިވަޑައިގެންނެވެ.

ޤާޟީ ޙަސަން ސަޢީދު އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމެވެ.
އަލްއުސްތާޛު ޙަސަން ސަޢީދު އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވަނީ ފެމިލީ ކޯޓުގައެވެ.

ގާޟީ ޙަސަން ސަޢީދު ރިޓަޔަރކުރެއްވުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ފާއިތުވެދިޔަ 21 އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއަށް އޭނާ ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ.