ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފި


އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ޢީދު ނަމާދަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ވަޑައިގެންނެވި ބައެއް މީހުންނާ ޢީދު ސަލާންކުރައްވައިފައެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

އީދާ ގުޅިގެން އެމަނިކުފާނު ފޮނުވި ޚިޠާބުގައި ވެސް ވަނީ އެއްވެސް މީހަކު ބާކީ ނުކޮށް، ތަފާތުކުރުމެއް، އެންމެން ބައިވެރިވާ އިޖްތިމާޢީ މުނާސަބަތެއްގެ ގޮތުގައި ފިޠުރު ޢީދު ފާހަގަކުރެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.