ޚަބަރު

ނ. އަތޮޅު ތަޢުލީމި މަރުކަޒުގެ އައު ކްލާސްރޫމް ޢިމާރާތް ނިންމުމަށް ނެކްސްޓާ މޯލްޑިވްސްއަށް


ނ. އަތޮޅު ތަޢުލީމި މަރުކަޒުގެ އައު ކްލާސްރޫމް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 4 ކްލާސްރޫމު ހިމެނޭ ޢިމާރާތެކެވެ.

މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ނެކްސްޓާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޒްހިނެވެ.

ނެކްސްޓާ މޯލްޑިވްސްއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 4.5 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 110 ދުވަހުގެ މުއްދަތެކެވެ. މިއީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.