ޚަބަރު

ހިމަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ


ހިމަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އއ. ހިމަންދޫގައި މިސްކިތެއް ބިނާކުރުމަށް އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓާއި ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލައިޓް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އާއިޒް ރުޝްދީއެވެ.

ހިމަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ފޮޓޯއެއް

މި މިސްކިތް ބިނާކުރުމަށް ދައުލަތުން 10,312,301.43 ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 365 ދުވަހުގެތެރޭގައެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.