ދުނިޔޭގެ ވިޔަފާރި

12.7 މިލިއަން ޕައުންޑުން ޓިކްޓޮކް ޖޫރިމަނާކޮށްފި


ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރާކަމަށް ބުނެ 12.7 މިލިއަން ޕައުންޑުން ޓިކޮޓޮކް ޖޫރިމަނާކޮށްފިއެވެ.

ޓިކްޓޮކް ޖޫރިމަނާކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އިންފޮރމޭޝަން ކޮމިޝަނަރސް އޮފީސް، އައިސީއޯއިންނެވެ.

އައިސީއޯއިން ލަފާކުރި ގޮތުގައި ޓިކްޓޮކުން 2020 ވަނަ އަހަރު 13 އަހަރުން ދަށުގެ އިނގިރޭސިވިލާތުގެ 1.4 މިލިއަން ކުދިންނަށް މި ޕްލެޓްފޯމް ބޭނުންކުރުމުގެ ހުއްދަ ދީފައިވެއެވެ. އަދި ވީޑިއޯ ހިއްސާކުރާ މި ޕްލެޓްފޯމުގައި ކުޑަކުދިންގެ މައުލޫމާތު ހިއްސާކޮށްފައި ވަނީ އެކުދިންގެ ބެލެނިވެރިންގެ ހުއްދަނެތިއެވެ. މިކަމާއި ގުޅިގެން ޓިކްޓޮކުން ބުނި ގޮތުގައި 13 އަހަރުން ދަށުގެ ކުދިން އެ ޕްލެޓްފޯމު ބޭނުނުކުރުން ހުއްޓުވުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އައިސީއޯއިން ބުނި ގޮތުގައި ޓިކްޓޮކްގައި އެކައުންޓެއް ހަދަން އެންމެ ކުޑަ އުމުރަކީ 13 އަހަރު ކަމަށް ޓިކްޓޮކުން ކަނޑައެޅި ނަމަވެސް ގިނަ ބަޔަކަށް އެ ސައިޓަށް ވަދެވެއެވެ. އެގޮތުން ކުޑަކުދިންގެ މައުލޫމާތު ބޭނުންކޮށްގެން އެމީހުން ޓްރެކްކޮށް ޕްރޮފައިލްކޮށްފައި ހުރެދާނެ ކަމަށާއި، އަދި ގެއްލުން ހުރި ނުވަތަ އެކަށީގެންނުވާ ކޮންޓެންޓެއް ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށްވެސް އައިސީއޯއިން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ކުދިން ފިޒިކަލް ދުނިޔޭގައި ތިބޭވަރަށް ޑިޖިޓަލް ދުނިޔޭގައި ވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނުތަކެއް އެބަހުރި. ޓިކްޓޮކުން އެ ގާނޫނުތަކަށް ތަބާނުވި" އިންފޮރމޭޝަން ކޮމިޝަނަރ ޖޯން އެޑްވާޑްސް ވިދާޅުވުއެވެ.

އޭގެނަތީޖާއެއްގެ ގޮތުން 13 އަހަރުން ދަށުގެ އެއް މިލިއަން ކުދިންނަށް އެ ޕްލެޓްފޯމަށް އެކަށީގެންނުވާ ގޮތަށް ވަނުމުގެ ހުއްދަ ދީފައިވާއިރު، ޓިކްޓޮކުން ވަނީ އެމީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްފައިކަމަށްވެސް ޖޯން ވިދާޅުވިއެވެ.