ދުނިޔޭގެ ވިޔަފާރި

ތައިލެންޑުގެ އިގްތިސާދީ ދުވެލި ހަލުއިވާނެކަމަށް ލަފާކޮށްފި


ތައިލެންޑްގެ މިއަހަރުގެ އިގްތިސާދީ ދުވެލި މިއަހަރު %3 އާއި %4 އާ ދެމެދުގެ މިންވަރަކަށް ހަލުއިވާނެކަމަށް ލަފާކޮށްފިއެވެ.

ވިޔަފާރީގެ މަހާސިންތާއެއްގައި ވާހަކަފުޅު ދައްކަވަމުން ތައިލެންޑުގެ މާލީ ވަޒީރު ވިދާޅުވީ އިގްތިސާދީ ކުރިއެރުމާއި ހަމަޖެހުން ކަށަވަރު ކުރުމަށް މާލީ އަދި ފިޒިކަލް އުސޫލުތައް އެކުއެކީގައި އެކަށައަޅައި ކުރިއަށް ގެންދަން މަސައްކަތް ކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދު ހީނަރުވަމުން އަންނާތީ، އެކްސްޕޯޓުކުރި މިންވަރު މަދުވި ނަމަވެސް ދެކުނު އިރުމަތީ އޭޝިއާގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ތައިލެންޑު އިގްތިސާދު ކުރިއަރާނީ އެގައުމަށް މުހިންމު ފަތުރުވެރިކަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ތައިލެންޑަށް 11.15 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު 27 މިލިއަން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން އިންފްލޭޝަން ލުއިވަމުންދާ ވަރަކަށް ތައިލެންޑުން އެމެރިކާގެ މާލީ އުސޫލުތަކަށް ބަލާކަށް ނުޖެހޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ
ތައިލެންޑުގެ މާލީ ހާލަތު އެއްގޮތަކަށް އޮތީ ފެބްރުއަރީ މަހުގެ ނިޔަލަށް ޖީޑީޕީގެ %61.26 ކަމަށްވާ އާންމު ދަރަންޏާއި ބޭރުގެ ދަރަނިވެސް މެނޭޖްކުރެވޭ ފެންވަރުގައި ހުރުމުންނެވެ.