ޚަބަރު

އދ.ދިއްދޫ ކައުންސިލްގެ ރައީސްކަން މިނިވަން މެމްބަރަކަށް


އދ. ދިއްދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު، މިނިވަން މެމްބަރެއްގެ ގޮތުގައި ވާދަކުރެއްވި ޣައްޝާން އަބްދުﷲ ކާމިޔާބުކޮށްފިއެވެ.

ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވާފައިވަނީ އެކައުންސިލް ރައީސް މަޤާމުން އިސްތިއުފާ ދެެއްވުމާއި ގުޅިގެންނެވެ. މި އިންތޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ދިއްދޫއާއި މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިއްދޫ ކައުންސިލް ރައީސްކަމުގެ މަޤާމަށް ވާދަކުރީ މިނިވަން ދެކެނޑިޑޭޓުންނެވެ. ޣައްޝާން އިންތިޚާބު ކާމިޔާބުކުރީ އަހުމަދު ޒާލިފް އާއިި ވާދަކޮށް 17 ވޯޓުގެ ތަފާތުންނެވެ.

އދ.ދިއްދޫ ކައުންސިލް ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާ:

1. ޣައްޝާން އަބްދުﷲ، އަމިއްލަ ގޮތުން، 64 ވޯޓު
2. އަހުމަދު ޒާލިފް، އަމިއްލަ ގޮތުން، 47 ވޯޓު

ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވާފައިވާއިރު، އެކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދީގެން އިންތިޚާބު ބޭއްވުމުގެ މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.