ޚަބަރު

މޫދަށް އެރިއުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ


ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެންބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އއ .އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެންބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު މިއަދު ހެނދު 10:31 ގައި ލިބުނު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މޫދަށްއެރި އުޅެނިކޮށް ގެންބިގެން މަރުވެފައި ވަނީ ޔޫކޭއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.