ޚަބަރު

72 ގަޑިއިރަށްފަހު އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި


އަލިފާންރޯވެ، އަޑިއަށްދިޔަ "އާގަލާ" ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓާލައިފިއެވެ.

އާގަލާ ބޯޓުން ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ 72 ގަޑިއިރުގެ ސަރޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 އަކަ މީޓަރުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.

މ.ތުވަރުގެ ހުޅަނގުން ދަތުރުކުރަމުންދަނިކޮށް އާގަލާ ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައިވަނީ މިދިޔަހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި ބޯޓްގައި އަލިފާން ރޯވުމާއެކު އޭގައި ތިބި އެންމެން ވަނީ ކަނޑަށް ފުންމާލާފައެވެ. އެ ބޯޓްގައި އެވަގުތު 15 މީހުން ތިބިއިރު އެގެތެރޭގައި5 ދިވެހިންނާއި އިންޑިއާ 5 މީހަކާއި ބަންގްލަދޭޝްގެ 5 މީހުން ހިމެނެއެވެ.

ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމަށް ކުރާ މަސައްކަތް އެމްއެންޑީއެފްއިން ހުއްޓާލަނީ 72 ގަޑިއިރުގެ އޮޕަރެޝަނެއް ފުރިހަމަކޮށްފައެވެ.