ދުނިޔެ

ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން


ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ އަވަށެއް ކަމަށްވާ ދާރިޔާގައި އެޤައުމުގެ ސަރުކާރު ސިފައިންނާ އިދިކޮޅު ޖަމާޢަތްތަކުގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ. 



ދާރިޔާގައި ހަނގުރާމަ ވަރުގަދަވެފައި ވީނަމަވެސް ސޫރިޔާ ސަރުކާރުން ވަނީ، ޙަމަލާތައް ހުއްޓާލުމަށް ރަޝިޔާއާއި އެމެރިކާއިން އިޢުލާންކުރި ޞުލްޙައިގެ ޕްލޭން ޤަބޫލުކޮށްފައެވެ. އަދި އިދިކޮޅު ޖަމާޢަތްތަކުންވެސް ވަނީ އެ އެއްބަސްވުމަށް ދެހަފްތާ ވަންދެން ޢަމަލުކުރާނެކަން ހާމަކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ދެފަރާތުގެ ޙަމަލާތައް ވަރުގަދަވެފައި މިވަނީ، ޙަމަލާތައް ހުއްޓާލުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިތުރު ބިންތައް އަތުލުމުގެ ބޭނުމުގައެވެ.



ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރު ކަމަށް ޚަބަރު ލިބެއެވެ.