ސިޔާސީ

މަޝްވަރާގައި ޕީޕީއެމްއިން ބައިވެރިވާނީ ނިހާން އަދި އަބްދުއްރަހީމް


ސަރުކާރުން އިސްނަންގަވައިގެން އިޢުލާނު ކުރައްވައިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ވެރިކަންކުރާ ޕީޕީއެމުން ބައިވެރިވާން ނިންމައިފިއެވެ.

ޕީ.އެސް.އެމަށް މަޢުލޫމާތުދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ވިދާޅުވީ މިރޭ އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ މަޝްވަރާގައި ބައިވެރިވުމަށް ސަރުކާރުން ދެއްވި ދަޢުވަތު ޤަބޫލުކޮށް، އެމަޝްވަރާގައި ބައިވެރިވާނީ އެޕާޓީގެ ނާއިބުރައީސް ޢަބްދުލްރަޙީމް ޢަބްދުﷲ އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިޙާން ޙުސައިން މަނިކު ކަމުގައި ކަނޑައަޅާފައިވާކަމަށެވެ.

ސަރުކާރުން ވަނީ އިދިކޮޅު އެމް.ޑީ.ޕީއާއި އަދާލަތު ޕާޓީގެ އިތުރުން ޑީ.އާރު.ޕީއާއި އެމްޑީއޭ އަދި ވެރިކަންކުރާ ޕީޕީއެމަށްވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ދައުވަތުދެއްވާފައެވެ.