ޚަބަރު

ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯ ވީކެންޑް ފިއެސްޓާ ފަށައިފި


ބޮޑެތި ޑިސްކައުންޓްތަކާއިއެކު އެސް.ޓީ.އޯ ވީކެންޑް ފިއެސްޓާ ފަށައިފިއެވެ.

އެސް.ޓީ.އޯ ވީކެންޑް ފިއެސްޓާއަކީ އެސް.ޓީ.އޯ ރަމަޟާން ބާޒާރާއި ގުޅުވައި، އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްގައި، ކޮންމެ ހަފްތާ ބަންދެއްގައި ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.

އެސް.ޓީ.އޯއިން ބުނީ މިޕްރޮމޯޝަންގެ ދަށުން ޚާއްސަ ޑިސްކައުޓްތައް ލިބޭނެކަމަށެވެ. އަދި އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސްކުރައްވައިގެން ވިޔަފާރިކުރައްވާ ފަރާތްތަކުންވެސް މި ފިއެސްޓާގެ ތެރެއިން ޚާއްސަ ޑިސްކައުންޓްތައް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި، އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ބައްލަވައިގަތުމަށް ހޭދަކުރައްވާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބުމުގެ ފަުރުޞަތު އޮންނާނެކަމަށް އެސް.ޓީ.އޯއިން މަޢުލޫމާތުދެއެވެ.

އެސް.ޓީ.އޯއިން ކޮންމެ ހަފްތާ ބަންދަކު ކުރިއަށްގެންދާ މި ފިއެސްޓާގައި ކޮންމެ ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާއިރު، ރޭގަނޑު ފްރީ ޓޭސްޓިންގ ކުރިޔަށްދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ބޮޑެތި އިނާމްތަކަކާއެކު އެސް.ޓީ.އޯ ރަމަޟާން ބާޒާރު ފަށާއިފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްއާއި، ރީޖަނަލް ފިހާރަތަކުގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 22 ޖަނަވަރީ އިން 29 އެޕްރީލްގެ ނިޔަލަށެވެ. އެސް.ޓީ.އޯ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ. އަދި ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ.