ޚަބަރު

މަޢުލޫމާތު ބަދަލުވެގެން ހައްދާ އައިޑީ ކާޑުގެ އަގަށް ބަދަލެއް


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގައި މަޢުލޫމާތު ބަދަލުވެގެން ހައްދާ ކާޑުގެ އަގަށް ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީ.އެން.އާރްއިން ބަދަލު ގެނެސްފިއެވެ.

ކުރިން މިގޮތަށް މަޢުލޫމަތު ބަދަލުވެގެން ހައްދާ ކާޑު ހެއްދެނީ 50 ރުފިޔާ ދައްކައިގެންނެވެ. އަގަށް ގެނެސްފައިވާ ބަދަލާއެކު މިހާރު ކާޑުގެ މަޢުލޫމާތު ބަދަލުކޮށް ކާޑު ހެއްދޭނީ 150 ރުފިޔާއަށެވެ. ނަމަވެސް އަގަށް ބަދަލުގެނައި ސަބަބު ޑީ.އެން.އާރްއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ 1980 އަހަރު ބޭނުންކުރަން ފެށި އައިޑީ ކާޑެކެވެ. މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލުގެނެސް، ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއެކު ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމުގެ މަސައްކަތް ޑީ.އެން.އާރްއިން އަންނަނީ ކުރަމުންނެވެ.

ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ މި މަހުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުމަށެވެ. މިއާއެކު ސްމަރޓް ފޯނުން، އީފާސް މެދުވެރިކޮށް ބަލާލެވޭ އެ ކާޑު، އައި.ޑީ ކާޑު ބޭނުންކޮށްގެން ހޯދަންޖެހޭ ހުރިހާ ޚިދުމަތަކަށް ސަރުކާރުގެ ރަސްމީ އައިޑީގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

އަޖުމަބެލުމުގެ ގޮތުން މި ކަރޑް ބޭނުންކުރުމުގެ ހުއްދަ، މިހާރުވެސް އާއްމުންގެ 500 މީހުންނަށް ވަނީ ދީފައެވެ.