ދުނިޔޭގެ ވިޔަފާރި

ޕާކިސްތާނުގެ އިންޓްރެސްޓު ރޭޓު ރެކޯޑު އަދަދަކަށް މަތިކޮށްފި


ޕާކިސްތާނުގެ އިންޓްރެސްޓު ރޭޓު ރެކޯޑު އަދަދަކަށް މަތިކޮށްފިއެވެ. މިއީ އިންވެސްޓަރުން ކުރިން ކުރިންލަފާކުރި އަދަދަށްވުރެ ބޮޑު އަދެދެކެވެ.

ސްޓޭޓް ބޭންކް އޮފް ޕާކިސްތާން، އެސްބީޕީގެ އިންޓްރެސްޓް ރޭޓް މިހާރު ހުރީ %20 ގައެވެ. މިއީ 1996 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ޕާކިސްތާނުގެ އިންޓަރެސްޓު ރޭޓު އެންމެ މަތިކޮށްފައިވާ ފަހަރެވެ. އަދި އެ ގައުމުގެ އިންފްލޭޝަން ވަނީ ވޭތުވެދިޔަ 50 އަހަރުވެސް ނުދާހާ މައްޗަށް ގޮސްފައެވެ.

"ކުރިއަށް އޮތް މަސްތަކުގައިވެސް އިންޓަރެސްޓު ރޭޓު އަދިވެސް މަތިވާނެ ކަމަށް ލަފާކުރެވޭ". ކެޕިޓަލް އިންކޮނޮމިކްސް އިން ބުނެފައިވެއެވެ. އަދި އިންޓަރެސްރެސްޓު ރޭޓު މަތި ކުރުމަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްފްގެ ލޯނު އެއީ އަވަހަށް ހޯދުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް މަނިޓަރީ ޕޮލިސީ ކޮމެޓީ، އެމްޕީސީ އާއިއެކު އެސްބީޕީން ބޭއްވި ބައްދަލުވުމެއްގައި އެސްބީޕީން ބުނެފައިވާ ކަމަށް މިޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެސްބީޕީން ހާމަކުރާ ގޮތުގައި ޕާކިސްތާނުގެ މިއަހަރުގެ އެވަރޭޖް އިންފްލޭޝަން ރޭޓަކީ %27 ން %29 އާއި ދެމެދުގެ ރޭޓެކެވެ. މިއާއިއެކު އިންފްލޭޝަންގެ މައްސަލައަށް ވަރުގަދަ މާލީ އުސޫލުތަކެއް ކަނޑައެޅުމަކީ ޕާކިސްތާނަށް މުހިންމު ކަމެއް ކަމަށް އެމްޕީސީން ވަނީ ބުނެފައެވެ.

ކާބޯތަކެއްޗާއި ދަތުރުފަތުރުގެ އަގުތައް އުފުލުމުގެ ސަބަބުން ޕާކިސްތާނުގެ އިންފްލޭޝަން ފެބުރުއަރީ މަހު %31.5 އަށް މަތިވެފައިވާއިރު، ސަރުކާރުން އަންނަނީ ޚަރަދު ކުޑަކޮށް ޓެކްސް އިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވެކްޓަރ ސެކިއުރިޓީޒްގެ ހެޑް އޮފް އެޑްވައިޒަރީ ސުލޭމާން މަނިއްޔާ ވިދާޅުވި ގޮތުގައި ސަބްސިޑީ އުނިކުރުމާއި އެކްސްޗޭންޖް ރޭޓް ދަށްވުމާއި ގުޅޭ މާލީ ފިޔަވަޅުތަކާއިއެކު އިންފްލޭޝަން އިތުރަށް މަތިވެދާނެއެވެ. ނަމަވެސް ސަޕްލައި އިތުރު ކުރުމަށް ސަރުކާރުން އަވަސް ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި މާލީ ދަތިކަމުން އަރައިގަތުމަށް 1 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ އެ ގައުމަށް ދޭނެ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާރވް ގައި ހުރީ 3.814 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ ހަފްތާގައި ހުރި މިންވަރަށް ވުރެ އިތުރު އަދަދެކެވެ.