ޚަބަރު

ތޮއްޑޫގެ ފެނުގެ ނިޒާމް ރައީސް އިފްތިތާޙް ކޮށްދެއްވައިފި


ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ސާފު ބޯފެން ލިބިދޭ ނިޒާމެއް އއ ތޮއްޑޫގައި ޤާއިމުކުރެއްވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢުގެ ނިންމެވުން ވެސް މިއަދު ވަނީ ފާހަގަކުރައްވާފައިއެވެ.އއ ތޮއްޑޫގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމެވެ. ސަރުކާރުން ރައްޔިތުން ރައްކާތެރި ބޯފެން ފޯރުކޮށްދެއްވުމަށް ކުރަވަމުންގެންދަވާ މަސައްކަތުގެ ދަށުން ތޮއްޑޫގައި ހިންގެވި މި މަޝްރޫޢަށް ގާތްގަނޑަކަށް 31 މިލިއަން ރުފިޔާ ޚަރަދުވިކަމަށް ސަރުކާރުން ހާމަކުރައްވައެވެ.ތޮއްޑޫގައި ފެނުގެ ޚިދުމަތް ޤާއިމުކުރެއްވުމުގެ މަޝްރޫޢުގެ ދަށުން 2 އާރު.އޯ ޕްލާންޓް ވަނީ ބަހައްޓަވާފައެވެ.