ކުޅިވަރު

ފަހަތުން އަރައި ސިންގަޕޫރު ބަލިކޮށް އަފްޣާނިސްތާނަށް ރަނގަޅު ފެށުމެއް


ފޯ ނޭޝަންސް ކަޕް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސިންގަޕޫރުން ސެޓެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ހޯދި ތިން ސެޓާއެކު އަފްޣާނިސްތާން މޮޅުވެއްޖެއެވެ.

ހަތަރު ޤައުމު ވާދަކުރާ ފިރިހެން ޑިވިޝަނުގެ ކުޅުން ފެށިއިރު މި މެޗު އަފްގާނިސްތާން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 22-25، 25-23، 25-23 އަދި 25-23 އިންނެވެ.

މެޗުގެ ފުރަތަމ ސެޓު ރަނގަޅަށް ފެށީ އަފްޤާނިސްތާނުންނެވެ. ނަމަވެސް ސިންގަޕޫރުން ދިޔައީ ފަހަރަކަށް ފަހު ފަހަރެއް ކުޅުން ރަނގަޅުކުރަމުންނެވެ. އެއާއެކު މި ސެޓު ސިންގަޕޫރުން ގެންދިޔައީ ތިން ޕޮއިންޓުގެ ލީޑެއްގައި ހޯދައިގެންނެވެ.

ދެވަނަ ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ހާއްސަކޮށް މި ސެޓުގެ ކުރީކޮޅު ސިންގަޕޫރުން އެޓޭކުތައް ވަރުގަދަކޮށް ފެނުނުއިރު، ސެޓުގެ މެދަކާ ހިސާބުން އަފްގާނިސްތާނުން ނެގި ޓައިމްއައުޓަށް ފަހު އެ ޓީމުން ތަފާތު ދެއްކިއެވެ. ތިންވަނަ ސެޓުވެސް ފެނިގެންދިޔައީ ދެވަނަ ސެޓާއި ދާދި އެއްގޮތަކަށެވެ. އަދި ހަތަރުވަނަ ސެޓުގައި ފެނިގެންދިޔައީ ދެ ޓީމުގެ ވާދަވެރިކަމެވެ. އަދި އަފްގާނިސްތާނުން ފަރުވާކުޑަ ކުރި ދަނޑިވަޅުތަކެއް ވެސް ފެނުނެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ސިންގަޕޫރުން ލީޑުގައި ވަނިކޮށް ފަހަތުން އަރާ އަފްގާނިސްތާނަށް މެޗު ހޯދައިދިނުމުގައި މުހައްމަދު ސަބަވޫންގެ ދައުރު ވަރަށް ބޮޑެވެ. މެޗުން އެ ޓީމުން މޮޅުކޮށްދިނީ ވެސް އޭނާއެވެ.

އަފްގާނިސްތާނުގެ ދެވަނަ މެޗުގައި ހުކުރު ދުވަހުގެ މެންދުރު ބައްދަލުކުރާނީ މެލޭޝިއާ އާއެވެ. ސިންގަޕޫރު ދެވަނަ މެޗުގައި މާދަމާރޭ ރާއްޖެއާ ބައްދަލުކުރާނެއެވެ.