ޚަބަރު

ހިތަދޫއިން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފި


އައްޑޫ ސިޓީ ހިތަދޫ ދެ ގެއެއް ބަލައިފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހިތަކެއް ފުލުހުން ހޯދައިފިއެވެ.| ފުލުހުން ވިދާޅުވީ، ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން މިދިޔަ ހޯމަދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައިފާސްކުރިއިރު ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ގިނަ ޢަދަދެއްގެ ތަކެއްޗާއި ފޮތްތަކެއް ފެނިފައިވާކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.