ޚަބަރު

މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި އަލިފާންރޯވެ، އަޑިއަށް ހިނގައްޖެ


ލ.މާވަށުން މަހަށް ފުރައިން އުޅުން ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:15 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ސިފައިން އެސަރަހައްދަށް ދިޔަކަމަށާއި، އަދި އޭރު ދޯނި އަޑިއަށް ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެދޯނީގައި 4 މީހަކު ތިއްބެވެ. އެއީ ދިވެއްސަަކާއި 3 ބިދޭސީންނެވެ.

ލ. މަވަށު ނޫރު-2 ނަމަކަށް ކިޔާ މި ދޯނި ދަތުރުކޮށްފައިވަނީ އެ ރަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުންކަމަށް އެނެއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ. އަދި އުޅަނދުގައި ތިބި މީހުން ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.