ދުނިޔެ

ބްރަޒީލުން ޑެންގޫއާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިންއެއް އުފެއްދަނީ


ޑެންގޫ ހުމާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް އުފެއްދުމަށް ބްރަޒީލުގެ އިލްމުވެރިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތިންވަނަ މަރްޙަލާ، އެޤައުމުގެ ރައީސާ ޑިލްމާ ރުސެފް ފައްޓަވައި ދެއްވައިފިއެވެ.ޑެންގޫ ހުމާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް އުފެއްދުމުގެ ތިންވަނަ މަރްޙަލާގައި މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވަނީ މި ވެކްސިން އާ ބެހޭ އަމަލީ ތަޖްރިބާތަކެކެވެ. މި ވެކްސިން އުފެއްދުމަށް ބްރަޒީލްގެ ބުޓަނާން އިންސްޓިޓިއުޓުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޤައުމުގެ ސަރުކާރުންވަނީ 75 މިލިޔަން ޑޮލަރު ޚަރަދުކޮށްފައެވެ. ޑެންގޫ ހުމަކީ ބްރަޒީލްގެ ރަށްފުށުގެ ސަރަޙައްދުތަކުގައި އާންމު ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރޭ ބައްޔެކެވެ.މިވެކްސިން އުފެއްދުމަށް މަސައްކަތްކުރާ ބްރަޒީލްގެ ބުޓަނާން އިންސްޓިޓިއުޓުން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި މިވެކްސިން ބާޒާރަށް ނެރެވޭނެ ކަމަށް ބުނެއެވެ.