ޚަބަރު

މާލޭގައި ހުރި ތެޔޮ ބައުޒަރުތައް ބަލާފާސްކުރަނީ


މާލޭގައި ބޭނުންކުރާ ތެޔޮ އުފުލާ ބައުޒަރުތަކުގެ ސަލާމަތީ ހާލަތު ދެނެގަތުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ފައްޓަވައިފިއެވެ. އެމް.އެން.ޑީ.އެފުން ވިދާޅުވީ، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހުގެ މުއްދަތަށް ބަލާފާސްކުރުން ކުރިއަށްދާނެ ކަމަށާއި، ސަލާމަތީގޮތުން ދަށް ހާލާތްތަކުގައި ހުރި ބައުރަޒުތައް ފާހަގަކޮށް ސްޓިކަރ ޖަހަމުންދާ ކަމަށެވެ. މި ބަލާފާސްކުރުމުގެ ބޭނުމަކީ "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދު"ގައިވާ މިންގަނޑުތަކަށް މާލޭގައި ބޭނުންކުރާ ތެޔޮ ބައުޒަރުތައް ހުރިތޯ ބެލުމެވެ.  ތެޔޮ ބައުޒަރުތައް ބަލާފާސްކުރުމަށްފަހު އެ އުޅަނދުފަހަރުތަކުގައި ދެ ކުލައެއްގެ ސްޓިކާ ޖަހަމުންދާ ކަމަށްވެސް އެމް.އެން.ޑީއެފުން މައުލޫމާތު ދެއްވައެވެ. ޤަވާޢިދުގައިވާ މިންގަނޑުތަކަށް އުޅަނދު ފެތޭނަމަ، އެއް އަހަރު ދުވަހުގެ މުއްދަތަށް އަޅި ކުލައިގެ ސްޓިކާއެއް ޖަހައިދޭއިރު،  ތެޔޮ އުފުލާ އުޅަނދުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރިނަމަ، ރަތް ކުލައިގެ ސްޓިކާއެއް ހަ މަސް ދުވަހުގެ މުއްދަތަށް ޖަހައިދޭނެ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.