ޚަބަރު

"ބިގް ބޮސް 16" ހޯދީ އެމްސީ ސްޓޭން


ކަލާޒް ޓީވީއިން ގެނެސްދޭ ސެލެބްރިޓީ ރިއަލިޓީ ޝޯވ "ބިގް ބޮސް"ގެ 16 ވަނަ ސީޒަން، ރެޕާ އެމްސީ ސްޓޭން ކަމިޔާބު ކޮށްފިއެވެ.

ބިގް ބޮސް ހައުސްގައި 19 ހަފްތާ ވަންދެން ޝޯވ ކުރިއަށް ގެންދިއުމަށްފަހު ސަލްމާން ޚާން ހޯސްޓްކުރި މި ޝޯވ ނިންމާލާފައި ވަނީ ހުކުރު ދުވަހުގެ ރެއެވެ.

ޕޫނޭގައި ދިރިއުޅޭ ރެޕަރު ސްޓޭން ޝޯވ ކާމިޔާބު ކުރިއިރު ރަނަރަޕްގެ މަޤާމު ހޯދީ ޝިވް ތަކަރޭއެވެ. 1 ވަނަ އަށް ހޮވުނު ފަރާތައް ބިގް ބޮސް 16 ގެ ތަށި، 31.8 ލައްކަ ރުޕީސްގެ ފައިސާގެ އިނާމާއި، ހިއުންޑާއި ގްރޭންޑް އައި10 ނިއޯސް އެއް ވަނީ ދީފައެވެ.

ނަމަވެސް އެމްސީ ސްޓޭން މި މުބާރާތް ކާމިބާކުރުންވީ އޭނާގެ އިތުރަށް ޝޯވ ފޮލޯކުރަމުން ދިޔަ އެތައް ބަޔަކަށް ވެސް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. ސަބަބަކީ ގަދަ ފަހަކަށް ދިޔައިރުވެސް، ސްޓޭން މި ޝޯވ ކާމިޔާބުކޮށްފާނެ ކަމަށް އެއްވެސް ބަޔަކު އުންމީދެއް ނުކުރުމެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގައި ފެށި "ބިގް ބޮސް 16" ގެ ގަދަ ފަހެއްގައި ވާދަކުރީ ސްޓޭން އާއި ޕްރިޔަންކާގެ އިތުރުން ޓީވީ އެކްޓަރު ޝާލިން ބެނޮޓާއި އަރްޗަނާ ގޯތަމެވެ.