ޚަބަރު

އަސްކަރީ ތަމްރީނުތަކެއް ދިފާޢީ ބާރުން ފަށައިފި


ޤައުމީ ދިފާޢީ ބާރުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކެއް މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަސްކަރީ ތަމްރީންތައް ކުރިއަށްކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށްކަމަށެވެ.

އަސްކަރީ ތަމްރީންތައް ކުރިއަށްދާނީ ޅ.ކަނުހުރާގެ ބޭރުން 05 ނޯޓިކަލް މޭލު ބޭރުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދުވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ތަމްރީން ޕްރޮގްރާމްގައި ބޭނުންކުރާ ހަތިޔާރަކީ ޕައިރޯޓެކްނިކްސް މެޝިން ގަންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 4600 މީޓަރެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލްއެވެ.

ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން ފެށިގެން، 17:00 އާ ހަމައަށެވެ. އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ތަމްރީންތަކަކީ ސިފައިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.