ޚަބަރު

އިސްލާމީ މަރުކަޒުގައި މާބްލް ޖަހާނެ ބަޔަކު ހޯދަނީ


އިސްލާމީ
މަރުކަޒުގެ ގޯތިތެރެއާއި ނަމާދުކުރުމަށް އެ ސަރަޙައްދުން ޚާއްޞަކުރެވިފައިވާ
ބައިގައި މާބްލް ޖެހުމުގެ މަސައްކަތް އަންނަ ރަމަޟާން މަހަށް ނިންމާލެވޭނެކަމަށް
ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



ޕީއެސްއެމްއަށް
މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ ، އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި މާބްލް
ޖެހުމުގެ މަސައްކަތްތައް ޙަވާކުރާނެ ބަޔަކު ހޯދުމަށް މިހާރު އިޢިލާން ކުރައްވާފައިވާކަމަށެވެ.




އިސްލާމީ
މަރުކަޒުގެ ގޯތިތެރެއާއި ގޯތިން ބޭރުން މިސްކިތުގެ ބޭނުމަށް ތަރައްޤީކުރައްވާ ސަރަޙައްދުގައި
މާބްލްސް ޖެހުމަށް ސަރުކާރުން ނިންމަވައި އެކަމުގެ ތައްޔާރީތަކުގެ މަސައްކަތް މިހާރު
ވަނީ ފަށްޓަވާފައެވެ. މާބްލް ޖަހަނީ
އިސްލާމީ މަރުކަޒުގެ މުޅި ގޯތިތެރެ އާއި ބަންޑާރަކޮށްޓާއި އިސްލާމީ މަރުކަޒާ
ދެމެދު އޮންނަ މަގާއި މެދުޒިޔާރަތްމަގުން މިހާރު ބަންދުކޮށް، އިސްލާމީ
މަރުކަޒުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި ބިމުގައެވެ. 



ރަމަޟާން
މަސް ފެށެންވާއިރަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، އެ
ތަނުގައި މާބްލް ޖެހުމަށް ޗައިނާ ސަރުކާރުންވެސް ވަނީ އެއް މިލިއަނަށްވުރެ ގިނަ
ޔޫ.އެސް.ޑޮލަރު ހަދިޔާކޮށްފައެވެ. މި ފައިސާއިން  ފަސް ހާސް އަކަފޫޓުގެ ސަރަޙައްދެއްގައި މާބްލް ޖެހުމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމަށާއި،  މާބްލްސް ޖެހުމަށް ޚަރަދުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މާބްލްސް
ޖެހުމަށް ސަރުކާރުންވެސް ވަނީ ބަޖެޓް ހަމަޖައްސަވައިދެއްވާފައެވެ.



އިސްލާމީ
މަރުކަޒުގެ ވަށާފާރާއި
ގޯތިތެރޭގައި އަޅާފައިވާ
ތަޅުންގަނޑު ނަންގަވައި،
އެސަރަޙައްދުގައި ހުރި
ޖުމްހޫރީ ބިނާވެސް މިހާރު ވަނީ ނަންގަވާފައެވެ. އަދި
އިސްލާމީ މަރުކަޒު
ވަށާއިގެންވާ މަގުތަކަކީ
ދުއްވާ ތަކެއްޗަށް
ނުވަދެވޭ މަގުތަކެއްކަމުގައި
ހައުސިންގ މިނިސްޓްރީން
ވަނީ ހަމަޖައްސާފައެވެ. އިސްލާމީ މަރުކަޒު ބޭރުގައި ނަމާދުކުރެވޭ ޖާގަ
ބޮޑުކުރެއްވުމުން އެއްފަހަރާ ފަންސަވީސް ހާސް މީހުންނަށް ނަމާދުކުރެވޭނެއެވެ.