ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެ: ސްޓެލްކޯ


މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މާލޭގެ 3 ސަރަހައްދަކުން މިއަދު މެންދުރު 14:00 އިން ހަވީރު 16:30 އަށް ކަރަނަޓް ކެނޑޭނެކަމަށެވެ. އެގޮތުން މިމަސައްކަތް ކުރިއަށްދާ ވަގުތު މާފަންނުގެ މަޖީދީމަގާއި އޯކިޑްމަގާއި ފަރީދީ މަގުން ކަރަންޓްގެ ޙިދުމަތް މެނދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މާފަންނުން މިއަދު ކަރަންޓް ކަނޑާލެވޭނެ ސަރަހައްދުތަކަކީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުންނެވެ.

ޓްރާންސްފޯމަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގަޑީ ކަރަންޓު ޚިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން އެކުންފުނިން މަޢާފަށް އެދެއެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެގޮތުން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަމުންދާއިރު ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މީގެކުރިންވެސް ކަނޑާލައެވެ.