ދުނިޔެ

ސޫރިޔާގައި ދިން ބޮމުގެ ތިން ޙަމަލާގައި 87 މީހުން މަރުވެއްޖެ


ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ދެކުނުގައިވާ އައްސައްޔިދާ ޒައިނަބު ސަރަޙައްދުގައި އާދީއްތަ ދުވަހު ބާރުގަދަ ތިން ބޮން ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 87 އަށް އަރައިފިއެވެ.ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" އިން ބުނީ އައްސައްޔިދާ ޒައިނަބު ސަރަޙައްދުގެ އަލްތީން މަގުގައި ގޮއްވާލި ބާރުގަދަ ތިން ބޮމުގެ ތެރެއިން އެއްބޮމަކީ ކާރުބޮމެއް ކަމަށާއި އަނެއް ދެބޮން ގޮއްވާލީ ދެމީހަކު އަމިއްލައަށް މަރުވެގެން ކަމަށެވެ. މިޙަމަލާތަކުގައި 150 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީން ބުނެއެވެ.މިތިން ބޮން ގޮއްވާލުމުގެ ޒިންމާވެސް އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާޢަތުންނެވެ. އަނެއްކޮޅުން ސޫރިޔާގެ އެހެން ސިޓީއެއްކަމަށްވާ ޙިމްސްގައި އާދީއްތަ ދުވަހު ދިން ކާރުބޮމުގެ ދެ ޙަމަލާގައި މަރުވި މީހުންގެ އަދަދުވެސް މިހާރު 59 އަކަށް މަތިވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.