އއ.އުކުޅަހު ސްކޫލުގައި އަލަށް ހަދާ 4 ކްލާސްރޫމްގެ މަސައްކަތް ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިމަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު އިޝްވާންއެވެ.
ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން މިމަސައްކަތަށް ހުށަހަޅާފައިވަނީ 4,996,681.38ރ (ހަތަރުމިލިޔަން ނުވަލައްކަ ނުވަދިހަ ހަހާސް ހަސަތޭކަ އަށްޑިހަ އެއްރުފިޔާ ތިރީސް އަށްލާރި)އެވެ. މިމަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ.
އުކުޅަހު ސްކޫލުގައި އަލަށް ހަދާ ކްލާސްރޫމުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.