ދުނިޔެ

ސޫރިޔާގައި ދިން ކާރުބޮމުގެ ދެ ޙަމަލާގައި 47 މީހުން މަރުވެއްޖެ


ސޫރިޔާގެ ޙިމްސްގައި ދިން ކާރުބޮމުގެ ދެ ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 47 އަށް އަރައިފިއެވެ.ސީރިޔަން އޮބްޒަވޭޓްރީ ފޮރ ހިޔުމަން ރައިޓްސް ބުނާގޮތުން މި ދެ ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވީ ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުން މަރުވުމުގެ ސަބަބުން ކަމަށެވެ. ޙިމްސްގައި ކާރުބޮމުގެ ދެ ޙަމަލާގައި، ބޮން ގޮއްވާލުމުގެ ސަބަބުން ޒަޚަމްވި މީހުންގެ ޢަދަދު 100 އަށް ވުރެ ގިނައެވެ. މީގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ޙާލަތުގައިވާ އެތަށް ބަޔަކު ހިމެނޭ ކަމަށް ސީރިޔަން އޮބްޒަވޭޓްރީ ފޮރ ހިޔުމަން ރައިޓްސްއިން ބުނެއެވެ.މި ދެ ޓެރަރިސްޓް ޙަމަލާގެ ފަހަތުގައި ވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ޓެރަރިސްޓު ޖަމާޢަތްތައް ކަމަށް ސޫރިޔާ އަމަނާބެހޭ ދާއިރާތަކުން ތުހުމަތުކުރި ނަމަވެސް މި ދެޙަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އަދި އުފުލާފައެއް ނުވެއެވެ.