ކުޅިވަރު

ޑެޓްރޮއިޓް ޕިސްޓަންސް އަތުން ބޮސްޓަން ސެލްޓިކްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޑެޓްރޮއިޓް ޕިސްޓަންސްއާ ދެކޮޅަށް ކުޅުނު މެޗު ބޮސްޓަން ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފައިވަނީ 111 ޕޮއިންޓް 99 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 34 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 9 އެސިސްޓް ދިން ކިލިއަން ހެޔޭސްއެވެ.

މިމުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 141 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ ކްލޭ ތޮމްޕްސަންވަނީ 42 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ތަންޑަރގެ ޖޯޝް ގިޑޭ ވަނީ 15 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން މިލްވައުކީ ބަކްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 24 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ތްރެއިލް ބްލޭޒަރސްގެ ޑެމިއަން ލިލާޑްވަނީ 28 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.