ކުޅިވަރު

ލީޑްސްގެ ކޯޗުގެ މަގާމުން ޖެސީ މާޝް ވަކިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ލީޑްސް ޔުނައިޓެޑުގެ ކޯޗުގެ މަގާމުން ޖެސީ މާޝް ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައިމިވަނީ މަގާމާއި ހަވާލުވިތާ އަހަރެއްހާ ދުވަސްވެސް ނުވަނީހެވެ.

ލީޑްސްވަނީ މިދިޔަ އާދީއްތަ ދުވަހު ނޮޓިންގހަމް ފޮރެސްޓް އަތުން އެއްލަނޑު ސުންލަނޑުން ބަލިވެފައެވެ. އަދި މިއީ މެޗަކުން މޮލުނުވެ ލީޑްސްއިން ނިންމާލި ހަތްވަނަ މެޗެވެ.

ލީޑްސް މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ ތާވަލްގެ 17 ވަނައިގައެވެ. އަދި ރެލިގޭޝަނަށް ނުވެއްޓި އޮތީ ޖަހާފައިވާ ގޯލްގެ ތަފާތުންނެވެ. އެޓީމް އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ މިދިޔަ އަހަރުގެ ނިވެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. މާރޝްގެ ކޯޗްކަމުގެ ދަށުން މިދިޔަ ސީޒަން ލީޑްސް ނިންމާލީ 17 ވަނައިގައި އޮވެގެންނެވެ.

ލީޑްސްއިން ނެރުނު ބަޔާނެއްގައި އެކްލަބުންވަނީ މާރޝް އަށާއި އޭނާގެ ބެކް ރޫމް ސްޓަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އާކޯޗެއް ހޯދުމުގެ މަސައްކަތް ކްލަބުން މިހާރު ކުރަމުންދާކަމަށް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

ލީޑްސް އެންމެ އަވަހަށް ކުޅެން ޖެހޭ މެޗަކަށް އޮތީ ބުދަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް އޯލްޑް ޓްރެފަޑްގައި ކުޅޭ މެޗާއި އަންނަ އާދީއްތަ ދުވަހު އަނެއްކާވެސް އެ ދެޓީމް އެލަން ރޯޑްގައި ކުޅޭ ދެ މެޗެވެ.

މާރޝްގެ އެސިސްޓަންޓުންގެ ގޮތުގައި މިދިޔަ ހަފްތާގައި ހަމަޖެއްސި މައިކަލް ސްކުބަލާ އާއި ޕާކޯ ގަލާޑޯ އަދި ކްރިސް އާމަސްއާއި ކްލަބްގެ ކަންތައްތައް ވަނީ ވަގުތީ ގޮތުން ހަވާލުކޮށްފައެވެ. މާރޝްގެ ކޯޗް ކަމުގެ ދަށުން މިސީޒަންގައި ލީޑްސް ކުޅުނު ލީގުގެ 20 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. އަދި ހަ މެޗް އެއް ވަރުވެފައިވާއިރު 10 މެޗުންވަނީ ބަލިވެފައެވެ.