ވިޔަފާރި

އެލައިޑްގެ އަހަރީ ދުވަހު ކަލަންޑަރެއް ހޯދަން ބޭނުންތަ؟


އެލައިޑްގެ އަހަރީ ދުވަހާއި ދިމާކޮށް 38 ފަރާތަކަށް އެލައިޑްގެ މިއަހަރުގެ ކަލަންޑަރު ދިނުމަށް ނިންމައިފިއެވެ. އެލައިޑްގެ 38 ވަނަ އަހަރީ ދުވަހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

އެލައިޑުން ބުނީ އަހަރީ ދުވަހާއި ގުޅުވައިގެން އެލައިޑްގެ ފްރަންޓް އޮފީސް، ހ.އޯކިޑުން ޕޮލިސީއެއް ބައްލަވައިގަންނަވާ ފުރަތަމަ 38 ފަރާތަށް އެލައިޑްގެ ކަލަންޑަރެއް ލިބޭނެކަމަށެވެ.

މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހުގައި އަދި އެ ނޫން ތަންތަނުގައިވެސް މިސާލަކަށް ގޭގެ ބަދިގޭގައި ރެސިޕީ ލިޔުމަށް ވެސް ނޯޓުކުރަންޖެހޭ މުހިންމު ކަންކަމާއި ޑެޑްލައިންސް ނޯޓުކުރެވޭނެ ޓޫލްއެކެވެ. ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓާސްކް މެނޭޖު ވެސް ކޮށްލެވޭނެކަމަށް އެލައިޑުން ބުނެއެވެ. އަދި އަހަރު ނިމުމުންވެސް މި ބޯޑު ބޭނުންކޮށްލެވޭނެއެވެ.

އިންޝުއަރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަންވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނެއެވެ.

އެލައިޑުން ނެގޭ އިންޝުއަރެންސްގެ ތެރޭގައި ސައިކަލަށް ނަގަން ޖެހޭ ތާޑް ޕާޓީ އިންޝުއަރަންސްއާއި، ގޭތެރޭގެ ފަރުނީޗަރާއި ބަދިގޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ "ހިޔާވަހި" ޕްލޭނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ނަގާ ޓްރެވަލް ޕްލޭން އިންޝުއަރެންސް ހިމެނެއެވެ.