ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާގެ ޕެންޝަން ފަންޑު އަވަހަށް ހުސްވެދާނެކަމަށް ލަފާކޮށްފި


އިޤްތިޞާދި ދުވެލި މަޑުޖެހި އާބާދީ މަދުވުމުގެ ސަބަބުން ދެކުނު ކޮރެއާގެ ގައުމީ ޕެންޝަން ފަންޑުގައި ހުރި ފައިސާ 2055 ވަނަ އަހަރު ހުސްވެދާނެ ކަމަށް ލަފާކުރާ ކަމަށް ރަސްމީ އަންދާޒާއަކުން ދައްކައިފިއެވެ. މިއީ މި ފައިސާ ހުސްވާނެ ކަމަށް މީގެކުރިން ލަފާކޮށްފައިވާ މުއްދަތަށްވުރެ އަވަސް މުއްދަތެކެވެ.

ކޮންމެ 5 އަހަރަކުން އެއް އަހަރު ކުރާ އަންދާޒާ ކުރުމަށް އެކުލަވާލާފައިވާ ސަރުކާރުގެ ޕެނަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ ލަފާކުރި ވަރަށް ވުރެ ދެ އަހަރު ކުރިން ނޭޝަނަލް ޕެންޝަން ސަރވިސް، އެންޕީއެސް އިން ފަންޑު ހުސްވާނެއެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެންޕީއެސްގައި 915 ޓްރިލިއަން ވޮން ނުވަތަ 743.13 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ހުރިއިރު، މިއީ ދުނިޔޭގެ 3 ވަނައަށް އެންމެ ގިނަ ފައިސާގެ ހުރި ޕެންޝަން ފަންޑެވެ.

1988 ވަނަ އަހަރު ފެށި ނިސްބަތުން ޒުވާން ޕެންޝަން ނިޒާމުގައި އަދިވެސް ފައިސާ ދެއްކުމަށް ވުރެ ގިނައިން ކޮންޓްރިބިއުޝަން ހުރުމުން މަދުވެގެން 2040 ވަނަ އަހަރާއި ހަމައަށް މި ފަންޑު ކުރިއަރާނެއެވެ. އެއަށްފަހު ފައިސާގެ އަދަދު މަދުވާން ފަށާނެ ކަމަށް އެ ޕެނަލުން ބުންޏެވެ.

މިދިޔަ އަހަރުގެ މެއި މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް ޔޫން ސުކް ޔެއޯލް ވަނީ ޤައުމީ ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަގައި ފުޅާދާއިރާއެއްގައި އިސްލާހުތަކެއް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ދެކުނު ކޮރެއާގެ އާބާދީ 2020 ވަނަ އަހަރު 51.84 މިލިއަނަށް އެރުމަށްފަހު މަދުވާން ފަށާފައިވާއިރު، ވިހެއުމުގެ ނިސްބަތް ދަށްވުމުގެ ސަބަބުން ފަންޑް މަދުވުމުގެ ސްޕީޑް އަވަސްވުން އެކަށީގެންވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކާއި އަންދާޒާތަކުން ދައްކައެވެ.