ޚަބަރު

ކޫއްޑޫ ފުއްޓަރުފަރާތަށް ލަނޑާނަގަން އެރި އުޅުނު މީހަކު ގެއްލިއްޖެ


ރޭ ފަތިހު ގއ. ކޫއްޑޫ ފުއްޓަރުފަރާތަށް ލަނޑާނަގަން އެރި އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި، ބޮޑުދުނބުރިގެ، ޢަބްދުއްރަޝީދު ޢަލީ (32އ) ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ސްވިމިންގ ސޫޓެއްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި އޭނާ ހުރީ ފެހިކުލައިގެ ފިންސަކަށް އަރައިގެން، އެލުމިނިއަމް ކުލައިގެ ފުޅިއެއް އަޅައިގެންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.ގެއްލިގެން ހޯދަމުންދާ ޢަބްދުއްރަޝީދު ޢަލީ މޫދަށް ފޭބުމަށްފަހު މިސްރާބު ޖަހާފައިވަނީ ގއ. ވިލިގިއްޔާ ދިމާއަށްކަމަށް އޭނާ އާއެކު ލަނޑާނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ މީހުން މަޢުލޫމާތު ދެއެވެ.ޢަބްދުއްރަޝީދު ޢަލީ ގެއްލިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 7:15 ހާއިރު ފުލުހުންނަށް ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.ޢަބްދުއްރަޝީދު ޢަލީ ގެއްލިފައިވާ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.